ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/195
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 22 އޭޕްރިލް 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެގުން.
  1. ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) ތަޖުރިބާ ނެތި އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށް ފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭދާއުރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ސީނިއަރ އެޑްމިން އޮފިސަރގ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 4ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

17

މަޤާމުގެ ޝަރުޠު:

 

  • ތަޖުރިބާއާއެކު ޑިޕްލޮމާއެއް މަސައްކަތުގެ ދާއިރާއިން ހޯދާފައިވުން ނުވަތަ ލެވެލް 4ގެ ސެޓްފިކެޓަށް ފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރު ތަކެއް ހުރުން ނުވަތަ އެއް ޓްރޭޑްއައް ވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަރވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަން ތަކުން ލިބިފައިވުން.

އެޑްމިން އޮފިސަރގްރޭޑް 4 ގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

10

މަޤާމުގެ ޝަރުޠު:

 

  • ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން. ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖުރިބާ ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން ސެޓިފިކެޓައް ފަހު ލިބިފައިވުން.
  • ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާ ކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  • ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެ ގޮތުން މިފެންވަރު ހުރިކަމަށް ބެލެވުނަސް މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  • ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި އެންޓްރީ ނަގާ ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
  • މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ ބަދަލު ކުރުމާއި/ ވަކި ކުރުމުގެ ކަންތައް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
  • ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ހުސްވާ މަޤާާމުތަކަށް އިޢުލާންކޮށް އެ މަޤާމުތަކުގެ އިންޓަރވިއުގެ ކަންތައްތައް ހަމަޖެއްސުން.
  • ބިދޭސީ މުވައްޒަފުންގެ މާލެ އައުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައި، ގަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑް އަދި ވިސާފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • މުވައްޒަފުންގެ ވަޒިފާއާ ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީއެއް ހުރިނަމަ ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތަކަށް ޖަވާބު ފޮނުވުން.
  • މުސާރަ ދިނުމަށް ސެޕް ސިސްޓަމްއަށް ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޅުން.
  • ވަޒީފާ ބަޔާންތައް ތައްޔާރުކުރުކޮށް، ވަޒީފާގެ ޗިޓްތައް ކަމާބެހޭ ސެކްޝަންތަކަށް ހަވާލުކޮށް އެ ޗިޓްތައް ފައިލްކޮށް ބެލެހެއްޓުން.
  • އަލަށް ވައްދާ މުވައްޒަފުން ހިޔުމަން ރިސޯސް ސިސްޓަމް އަށް އެންޓަރކޮށް އެ މުވައްޒަފުންގެ ކާޑް ހަދައިދިނުން.
  • މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
އުޖޫރައާއި ޢިނާޔަތްތައް:  އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ. 
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:  

22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
16 އޭޕްރިލް 2015