ތަމްރީނު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 28 އޭޕްރިލް 2015 14:29
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުޞަތު

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް (ސެޓްފިކެޓް ލެވެލް 3)

ކޯހުގެ ނަން

  • ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ،
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި މަދުވެގެން 01 އަހަރުދުވަހު ޢަމަލީގޮތުން ހަރާކާތްތެރިވެ ތަޖުރިބާ ލިބިފައިވުން.

ކޯހުގެ ޝަރުތު:

  • މިކޯހުގެ މަޤުޞަދަކީ މުދާކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތުކުރާ ފަރާތްތަކަކީ އެކަށައެޅިފައިވާ އުސޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
  • މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.
  • Module 1- Brokers Regulation and Customs Procedures
  • Module 2- Valuation Process
  • Module 3- Documentation Process
  • Module 4- Harmonized System
  • މިކޯސް ހިންގުމަށް ރޭވިފައިވަނީ މެއި 2015 އިން ފެށިގެން 5 މަސްދުވަހުގެ މުއްދަތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒް ގައެވެ. ކޯހަށް މީހުން ހޮވުމުގައި ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކުރާ ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
  • ކޯހުގެ ފީއަކީ -/2000 ރުފިޔާއެވެ.
  • މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، މިފަދަ ހާލަތްތަކުގައި ކޯހުގައި ބައިވެރިވެވޭނީ "ކަސްޓަމްސް ބްރޯކާރސް ތަމްރީނު ޕްރޮގްރާމްގެ ރީޓެސްޓްގައި ބައިވެރިވުމާއި އަލުން ކޯހުގައި ބައިވެރިވުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިއުސޫލު ކަސްޓަމްސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު www.customs.gov.mv ވެބްސައިޓް އިން ލިބެންހުންނާނެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ލިޔުން.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި:28 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv އާއި މިއޮފީހުން ލިބެންހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3334106 އަދި 3334108 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
06 އޭޕްރިލް 2015