ތަމްރީނު
ނަންބަރު: IUL-FIS/2015/02
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 21 އޭޕްރިލް 2015 15:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ޢަރަބި އެންޓްރަންސް އިމްތިޙާން ބޭއްވުމަށް

ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއިން ހިންގާ މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސަޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ ސަނަދު ހާސިލު ކޮއްފައިވަނީ ޢަރަބިބަސް ފިޔަވާ އެހެން ބަހަކުން ކަމުގައި ވަނީނަމަ ފެކަލްޓީން ދެވޭ ޢަރަބި ބަހުގެ އިމްތިޙާނަކުން ފާސްވާންޖެހެއެވެ. އެހެންކަމުން މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށައަޅުއްވާ އެފަދަ ފަރާތްތަކުން މި ފެކަލްޓީން އިން ދޭ ޢަރަބި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެހެންކަމުން 2015 ވަނައަހަރު ގެ ދެވަނަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ފުރަތަމަ ބުރު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

  • ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން އަދި ފެކަލްޓިގެ ވެބްސައިޓް fis.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަން ވާނެއެވެ.
  • ފޯމު ފުރިހަމަކުރައްވާ ފީދެއްކެވުމަށްފަހު 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހަށް ހުށައަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ކޯސް ހިންގުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުން ފެށިގެން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެ އެވެ.

14 އޭޕްރިލް 2015