ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2024/005
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 21 މާރިޗު 2024 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮލިމްޕިކް ސްޓަޑީޒްގެ މާސްޓާސް ޑިގްރީ ޕްރޮގްރާމް - 2024 2025

             2024 އިން 2025 އަށް ގްރީކްގެ އެތެންސްގައި ބޭއްވޭ އޮލިމްޕިކް ސްޓަޑީޒްގެ މާސްޓާސް ޑިގްރީ ޕްރޮގްރާމް ގައި ބައިވެރިވުމަށް މި އިޢުލާނުގައި ބަޔާންކުރާ ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އޮލިމްޕިކް ސްޓަޑީޒްގެ މާސްޓާސް ޑިގްރީ ޕްރޮގްރާމަކީ އޮލިމްޕިކް ސޮލިޑަރިޓީ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން ހިންގާ ބައިނަލްއަގްވާމީ ފެންވަރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އޮލިމްޕިކް މޫވްމަންޓްގެ ތިން ތަނބު ކަމަށްވާ އެޑިއުކޭޝަން، ސްޕޯޓްސް، އަދި ކަލްޗާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.  ޕްރޮގްރާމްގެ މުއްދަތަކީ އިން (3) ސެމިސްޓަރެވެ. ބައިވެރިން ޑިގްރީގައި ދެ ސެމިސްޓަރ (ވިންޓަރ އަދި ސަމަރ، ސެމިސްޓަރަކަށް 9 ހަފްތާ) ލެކްޗަރތަކުގައި ބައިވެރިވާން ޖެހެއެވެ. ތިންވަނަ ސެމިސްޓަރަކީ ބައިވެރިން މާސްޓާ ތީސީސް ތައްޔާރުކުރުމަށް ޚާއްސަ ސެމިސްޓަރެކެވެ.

މި ޕްރޮގަރާމަށް ޝަރުތުހަމަވާނީ ތިރީގައިވާ ކެޓަގަރީތަކުގެ ބައިވެރިންނަށެވެ.

 

  • ގްރީސް ނުވަތަ ބޭރުގެ މަތީ ތައުލީމީ މުއައްސަސާތަކުން ބެޗްލަރ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތައް،
  • ނޭޝަނަލް އޮލިމްޕިކް އެކަޑަމީތަކާއި، ނޭޝަނަލް އޮލިމްޕިކް ކޮމިޓީތަކާއި، އިންޓަރނޭޗަނަލް އޮލިމްޕިކް ކޮމިޓީއާއި، އިންޓަރނޭޝަނަލް ފެޑެރޭޝަންތަކާއި، ނޭޝަނަލް ފެޑެރޭޝަންތަކާއި، އީޔޫ ކޮމިޓީތަކުގެ އޮފިޝަލުން

 

             މާސްޓާސް ޑިގްރީ ޕްރޮގްރާމަށް ފޮނުވާނެ ފަރާތެއް ކަނޑައަޅާނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން، މި އިޢުލާނާއި ގުޅިގެން މިކަމަށް އެދި މި އެސޯސިއޭޝަނަށް ހުށަހަޅުއްވާ ފަރާތްތަކުގެ ތިރީގައިވާ ލިޔުންތަކަށް ބެލުމަށް ފަހުއެވެ.

 

  1. މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ފުލްޓައިމްކޮށް ކިޔަވާފައިވާކަން ސާބިތުކޮށްދޭ ގްރީކް ނުވަތަ މަތީ ތައުލީމުދޭ މުއްސަސާތަކުން ބެޗްލަރ ޑިގްރީ (ނުވަތަ ޑިގްރީ) ލިބިފައިވާ ސާފު ޕޮޓޯކޮޕީ
  2. ރަސްމީ ބެޗްލަރ ޑިގްރީ ޓްރާންސްކްރިޕްޓެއް (ހުރިހާ މާއްދާއަކުން ލިބިފައިވާ ގްރޭޑްތައް، ޑިގްރީގެ ގްރޭޑް ހިމެނޭގޮތަށް އަދި ސަނަދު ލިބިފައިވާ ތާރީޚު ބަޔާންކޮށްފައި)
  3. ބެޗްލަރސް ތީސީސްގެ ސުރުޚީއާއި އޭގެ ގްރޭޑް (އެކަށީގެންވާނަމަ) ހިމެނޭ ސެޓްފިކެޓެއްގެ ސާފު ފޮޓޯކޮޕީ
  4. އިނގިރޭސި ބަހުން ރަނގަޅު ޢިލްމެއް ލިބިފައިވުމާއި، އެހެން އެއްވެސް ބަހަކުން އެކަށިގެންވާ ފެންވަރެއްގެ ޢިލްމެއް ލިބިފައިވާކަން ސާބިތުކޮށްދޭ އެއްވެސް ބަހެއްގެ ސެޓްފިކެޓެއްގެ ސާފު ފޮޓޯކޮޕީ
  5. ސީވީ – ޕްރޮފެޝަނަލް ތަޖުރިބާއާއި، ދިރާސާއާއި/ނުވަތަ ސައިންޓިފިކް މަސައްކަތްތަކުގެ ތަފްސީލީ ބަޔާނެއް ހިމެނޭ އެކްސްޓެންޑް ކަރިކިއުލަމް ވިޓޭ
  6. ކުޅިވަރު ޙަރަކާތްތަކުގައި، އައިއޯއޭގެ ޙަރަކާތްތަކުގައި އޮލިމްޕިކް ތައުލީމާ ބެހޭ ސެމިނާތަކުގައި ނުވަތަ އެއްވެސް ކުޅިވަރު އިވެންޓް އޯގަނައިޒޭޝަނެއްގައި ބައިވެރިވާކަން ސާބިތުކޮށްދޭ ސެޓްފިކެޓް (އެކަށީގެންވާނަމަ)
  7. ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ރެކޮމެންޑޭޝަން ސިޓީއެއް.
  8. ނެޝަނަލް އޮލިމްޕިކް އެކަޑަމީތަކުން ނުވަތަ ނެޝަނަލް އޮލިމްޕިކް ކޮމިޓީތަކުން ނުވަތަ އެހެން ކުޅިވަރު ޖަމިއްޔާތަކުން ލިބިފައިވާ ރިކޮމެންޑޭޝަން ސިޓީ.

             ވީމާ، ބަޔާންކޮށްފައިވާ ކެޓަގަރީއަށް ޝަރުތު ހަމަވާ، އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ވާނަމަ މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު، 21 މާރިޗްވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން  މި އެސޯސިއޭޝަންގެ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

27 ފެބުރުވަރީ 2024