ނީލަން
ނަންބަރު: (IUL)264/PRIV/2024/19
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 07 މާރިޗު 2024 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަމުގައި ރުއްގަސް ވިއްކާލުން

        ވީނަސް މަގުން އިރުން ހިރަފުސް ބޯޅަދަނޑުގެ ދެކުނުން ވަލުތެރެއަށް ވެއްޓިފައި އޮތް ނަންބަރު 1 ޖަހާފައިވާ ރުކަކާއި، ތަރިކަ ގޯތީގެ ހުޅަނގުން ވަލުތެރެއަށް ވެއްޓިފައި އޮތް ނަންބަރު 2 ޖަހާފައިވާ ރުކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

        މި ރުއްތައް ގަންނަން ބޭނުންވާ ފަރާތްތަކުން 2024 މާރޗް 07 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަގު އެނގޭނެގޮތަށް ސިޓީއެއް ހިފައިގެން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށަހަޅާ ފަރާތުގެ ނަން" އަދި "ސިޓީލާ ނީލަމުގައި ރުއްގަތުމަށް އެދި" މިފަދައިން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅަން ވަޑައިގަންނަވާއިރު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނީލަމަށް އެންމެ ކުޑަކޮށް ހުށައެޅޭނެ އަގަކީ -/50 ރުފިޔާއެވެ.

        މި ރުއްތައް ކެނޑުމުގެ ސަބަބުން އުފެދޭ ކުނިތައް ގޮނޑަށް އުކާލަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން (ފޯނު ނަންބަރު: 7552515) އަށް ގުޅުއްވުން އެދެމެވެ.

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

27 ފެބުރުވަރީ 2024