ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)347-ES/347/2024/8 އިޢުލާނާއި ގުޅިގެން ތަކެތި ފޯރުކޮށްދިނުމަށް އެދި ރަޖިސްޓްރީ ކުރަމުންގެންދާ ފަރާތްތައް މަދުކަމަށް ފެންނާތީވެ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިދާރާއިން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތައް 100 ޔުނިޓް ވޯޓަރ ޕިއުރިފައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މުހިއްމު ތާރީޚުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ތަފްޞީލް |
މުއްދަތު ހަމަވާ ތާރީޚް |
ސުންގަޑި |
މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށާއި ބިޑު ހުށަހެޅުމަށް ރަޖިސްޓަރީކުރުން |
29 ފެބްރުވަރީ 2024 |
13:00 |
މަޢުލޫމާތު ސެޝަން |
03 މާރިޗު 2024 |
13:00 |
ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން |
05 މާރިޗު 2024 |
13:00 |
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މި އިދާރާގައި ރަޖިސްޓްރީކުރާ ވިޔަފާރި/ކުންފުނިތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވެލަށްވާ ފަރާތްތަކުން ކުންފުނީ/ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ އަކާއިއެކު ކުންފުނި/ވިޔަފާރީގެ އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، 29 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ ނުވަތަ [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ.