މަސައްކަތް
ނަންބަރު: (IUL)222-AH/INDIV/2015/14
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 20 އޭޕްރިލް 2015 11:30
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އަލިފާން ނިވާ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށް އަދި އެސިސްޓަމް ބަލަހައްޓައި ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ދާރުލްއާސާރު ހިނގަމުންދާ އިމާރާތުގެ އަލިފާން ނިވާ ނިޒާމުގައިހުރި ބައެއް މައްސަލަތައް ހައްލުކޮށް އަދި އެސިސްޓަމް 1 އަހަރަށް ބަލަހައްޓައި ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 12/IUL)222-AH/INDIV/2015)ފ(02 އެޕްރީލް 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޤައުމީ ދާރުލްއާސާރު

ހޯމަ

20 އެޕްރީލް 2015

11:30

އަންދާސީހިސާބު ހުށަހެޅުން

ޤައުމީ ދާރުލްއާސާރު  

ބުރާސްފަތި

23 އެޕްރީލް 2015

11:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏20 ‏ޖުމާދަލްއާޚިރާ‏ 1436

15 އޭޕްރިލް 2015