ބީލަން
ނަންބަރު: (IUL)491-CDS3/1/2024/1
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 28 ފެބުރުވަރީ 2024 10:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ހިންގާ އެއްދުވަހުގެ މަސައްކަތު ބައްދަލުވުން އިންތިޒާމު ކުރާނެ ފަރާތެއް ހޯދުމަށް

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢިމާރާތްތައް ބޭނުންކުރުމާ ގުޅޭ 1ދުވަހުގެ މަސައްކަތު ބައްދަލުވުމެއް 04 މާރިޗު 2024 ވަނަ ދުވަހު ބޭއްވުމަށް ބޭނުންވާ ހޯލާއި ކޭޓަރިންގ އާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.

ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 28 ފެބްރުއަރީ 2024ވާ ބުދަ ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

                    16 ޝައުބާން 1445 ހ.

                      26 ފެބްރުވަރީ 2024 މ.

26 ފެބުރުވަރީ 2024