ނީލަން
ނަންބަރު: (IUL)426-6A/426/2024/90
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 29 ފެބުރުވަރީ 2024 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމާއި ގުޅޭ

އިޢުލާން

ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިއޮފީހުގެ ނަމްބަރ (IUL)426-6A/426/2023/ 488 , 476, 505 އިޢްލާން ކުރުމުން ނީލަމުން ތަކެތި ނަގާފައިނުވާތީ  4 ވަނަފަހަރަށް ނީލަންކިއުން 2024 މާރިޗް 06  ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި އޮންނާނެއެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ފެބްރުވަރީ 28،29 މި 2 ދުވަހުގެ 9:00 އިން 12:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު،  އެދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން ގެންގޮސް ނިންމަންވާނެއެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 މާރިޗް 06  ވާ އާދީއްތަ ދުވަހުގެ 10:00އަށް ހުޅުދޫ އަވަށުއޮފީހަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

15  ޝައުބާން  1445

25   ފެބްރުވަރީ 2023

26 ފެބުރުވަރީ 2024