ކުއްޔަށް ހިފުން
ނަންބަރު: (IUL)329/329/2024/09
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 29 ފެބުރުވަރީ 2024 00:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޞާން މަހު ، ތަރާވީހް ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުން ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފާރާތެއް ހޯދުން

އިޢުލާން

 

1445 ވަނަ އަހަރު ރަމަޟާން މަހު، ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުންގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން!

 

           މި އިޢުލާނާއިއެކު ޢާއްމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދުކުރުމަށް ގެނެވޭ 2 ހާފިޡުންގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     

            ވީމާ، ހާފިޡުންގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސްއާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ނޯޓިސް ބޯޑުގައި ޢައްމުކޮށް ފެންނާނެހެން ބެހެއްޓިފައިވާނެއެވެ.

 

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            16 ޝަޢުބާން 1445

            26 ފެބްރުއަރީ 2024

26 ފެބުރުވަރީ 2024