ދިވެހިރާއްޖެ
މިއަހަރު ރަމަޟާންމަހު މިރަށު މިސްކިތުގައި ހިފްޠުކޮށް ތަރާވީހް ނަމާދު ކުރުމަށް ގެންނަ 02 ހާފިޒުގެ ކެއުމާއި ދޮވެ އިސްތިރިކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް 29 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް 7552515 އަށް ގުޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ އަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
26 ފެބުރުއަރީ 2024