ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2024/12
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 07 މާރިޗު 2024 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުމާ ބެހޭ

ކ.ތުލުސްދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުމާ ބެހޭ

2024 ވަނަ އަހަރު ކ.ތުލުސްދޫ ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ސުކޫލުތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި 2024 ވަނަ ދިރާސީ އަހަރު އަމަލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ނަންބަރު (22-E/CIR/2024/06) ސާރކިއުލަރ ނޯޓާއި އެއްގޮތަށް ގްރޭޑުތަކަށް ދަރިވަރުން ވެއްދުމުގެ އުސޫލު ތިރީގައި އެވަނީއެވެ.

 

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2023 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

2024 މާރިޗު 31 އަށް 2 އަހަރު ފުރޭ ކުދިންނަށް ބެލެނިވެރިޔާ ބޭނުންވާނަމަ 2024 މާރިޗް 07   ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމްއާއިއެކު ސިޓީ އެއް ހުށަހެޅުމުން އެފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.

ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ކުދިން ވަނުމަށް އެދޭ ފޯމް، ފުރިހަމަކުރުމަށްފަހު 2024 މާރިޗް 07  ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640183 ފޯނާއި ގުޅުއްވުން އެދެމެވެ.          

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޝައުބާން 1445

26 ފެބުރުވަރީ 2024