ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2015/50
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 27 އޭޕްރިލް 2015 14:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމު

އެސިސްޓެންޓް މެޑިކަލް ރެކޯޑްސް އޮފިސަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މެޑިކަލް ރެކޯޑްސް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގެ ޑެއިލީ ސެންސަން ބެލެހެއްޓުމާއި، ސަމަރީ ރިޕޯޓް ތައްޔާރުކުރުން.
  2. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ރެކޯޑްތައް ކޯޑްޖަހައި ޑޭޓާބޭސްއަށް އެންޓަރކުރުން.
  3. އޯޕީޑީ ކެޝުއަލްޓި އަދި އެކްސިޑެންޓް އެމަޖެންސީގައި ފަރުވާދޭ މީހުންގެ ޑައިގްނޯސިސްތައް ކޯޑުޖަހައި، ކޮންމެ ދުވަހަކު އެންޓަރކުރުން.
  4. ހޮސްޕިޓަލުގެ މޯބިޑީޓީ، މޯޓަލިޓީ ސްޓެޓިސްޓިކްސް ރިޕޯޓް ފޮނުވަންޖެހޭ ގަވައިދުން މިނިސްޓްރީ އޮފް ހެލްތަށާއި، އެޑްމިނިސްޓްރޭޝަނާއި، މެޑިކަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  5. ސަރުކާރުގެ އެކިއެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސްހިސާބުތައް ކަނޑައެޅިފައިވާ ގަވާއިދުން ވަގުތު ފާއިތުވުމުގެ ކުރިން ފޮނުވުން.
  6. ހޮސްޕިޓަލުގެ ހުރިހާ ސްޓެޓިސްޓިކަލް މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ޕޭޝަންޓް މެޑިކަލް ރެކޯޑްސް އާކައިވްކުރުމާއި، ރިޓްރީވްކުރުމަށް އެހީތެރިވެދިނުން.

 

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން 'ސީ" ގްރޭޑް ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. (މިގޮތުން، މި މަސައްކަތްކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލޭނެއެވެ.)

   (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް  

  ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ސްޓޯރ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އޮފީސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- މުދާ ގުދަނުގައި ޖެހުން.

3- ސްޓޯރުުން މުދާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

4- ސިޓީ، ނޯޓް ފަދަ ތަކެތި އެއްސެކްޝަނުން އަނެއް ސެކްޝަނަށް ގެނެސް ގެންދިއުން.

 

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

  1. މި ހޮސްޕިޓަލުގެ  ވަޒީފާއަށް  އެދޭ  ފޯމް (ވަޒީފާއަށް  އެދޭ  ފޯމް،  ބަންދު  ނޫން  ކޮންމެ  ދުވަހެއްގެ ހެނދުނު 8.30 ން 14.30 ށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސުންގަޑި

2015 އެޕްރީލް 27 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. 2015 އޭޕްރީލް 27 ވާ ހޯމަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެެވެ. 

 17 ޖުމާދަލްއާޚިރާ 1436
 
 
06 އޭޕްރިލް 2015