ވަޒީފާގެ ފުރުޞަތު
ނަންބަރު: RS/IUL/2015/30
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 26 އޭޕްރިލް 2015 13:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އޮތް އޮފީސް:

ރެހެންދި ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އިދާރީ ސެކްޝަން

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ މާޙައުލަކަށް ހެދުން.

- ލައިބްރަރީގައި ބެހެއްޓިފައިހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

- ފޮތްތަކުގައި ނަންބަރު ޖެހުން.

- ކޮންމެ ހަފުތާއެއް ނިމޭއިރު، އެ ހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ޢަމަލުކުރުން.

- ލައިބުރަރީއަށް ހޯދަންޖެހޭ ތަކެތި، ވެރިންގެ ހުއްދައާއެކު ހޯދުން.

- ލައިބްރަރީއަށް ގެނެވޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތެއްގައި އެންޓްރީކުރުން.

- ލައިބްރަރީގެ ޚިދުމަތް، ދަރިވަރުންނަށާއި މުއައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

- ލައިބްރަރީގައި ހުންނަ ފޮތާއި ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރެޖިސްޓްރީ ބެލެހެއްޓުން.

- ލައިބްރަރީއަށް ބޭނުންވާ ފޮތް ފަދަ ތަކެތީގެ ކޯޓޭޝަން ހޯދުން.

- ލައިބްރަރީ ހުޅުވަން ހަމަޖެހިފައިވާ ގަޑިއަށް ހުޅުވުމާއި، ސެޝަން ނިމުމުން ބަންދުކުރުން.

- ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން.

- ލައިބްރަރީގެ ފޮތްތައް ދޫކުރަން ގަވާއިދެއް ހަދައި، އެ ގަވައިދުގެދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތް ދޫކުރުން.

- ލައިބްރަރީން ދަރިވަރުންނާއި މުއައްޒަފުންނަށް ދޫކުރެވޭ ތަކެތި އަނބުރާ ގެނޭތޯ ޗެކްކޮށް، ގެނައުމުން، އެތަކެތި ބަލައިގަތުމުގެ އިންތިޒާމެއް ހަމަޖެއްސުން.

- ލައިބްރަރީއަށް ގަންނަން ބޭނުންވާ ފޮތުގެ ލިސްޓެއް ހަދައި، ހަވާލުވެހުންނަވާ ޑެޕިއުޓީ ޕްރިންސިޕަލާ މަޝްވަރާކޮށް، ބަޖެޓް ސެކްޝަނާ ގުޅިގެން މިކަން ކުރިއަށް ގެންދިއުން.

- ލައިބްރަރީއަށް ގަނެވޭ ފޮތްތަކުގައި ސެލޯފޭންލައި، ފޮތްތައް ރީތިކޮށްބެހެއްޓުމަށް މަސައްކަތްކުރުން.

- ދަރިވަރުންނަށް ލައިބްރަރީ ޕްރޮގްރާމްތައް ހިންގުން.

- ދިރާސީ އަހަރު ނިމުމުގެކުރިން ލައިބްރަރީގެ އެންމެހައި ކަންތައްތަކާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި، ލައިބްރަރީގެ ކަންތައްތައް ބަލަހައްޓަވާ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުށަހެޅުން.

 

 

 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

 

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 27 އޭޕްރީލް 2015 އާއި 29 އޭޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައި ރެހެންދި ސްކޫލުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުތު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ރެހެންދި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.                       

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3359901 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015