ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
އުނގޫފާރު / ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: މަސައްކަތު
މަޤާމުގެ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެޓް
މަސައްކަތް ކުރާތަން: ކުނިކޮށި
މުސާރަ: 3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މިނިމަމްވޭޖް އެލަވަންސް: މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން
- ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން
- ކުނިވާ ތަކެތި މޫދަން އުކާލުންފަހު އެޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން
- ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 04 މާރޗް 2024، ހޯމަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2024 މާރޗް 05 ން 07 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.