ވަޒީފާގެ ފުރުޞަތު
ނަންބަރު: K5C/2015/11
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 23 އޭޕްރިލް 2015 15:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެލް. އެސް. 2

މަޤާމުގެ މުސާރަ: -/9412 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (3764.80 ރުފިޔާ)

މަޤާމުގެ ޝަރުޠު: 1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓް ކުރުން.

2. އިސް މެޖިސްޓްރޭޓް ހަވާލުކުރާ (އެހެނިހެން މީހުންގެ) ބަޔާން ނެގުން

3. ޤާނޫނުތަކާއި ޤަވާޢިދުތައް އެއްކޮށް ހޯދައި، ފަސޭހައިން ފެންނާނެހެން ބެހެއްޓުން.

4. ކޯޓުގެ މުވައްޒަފުން ކުރާ މަސައްކަތާއި، ހިންގާ ހަރަކާތްތަކާ ބެހޭގޮތުން އިސްމެޖިސްޓްރޭޓް ހައްދަވާ ޤަވާޢިދުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގައި، އިސް މެޖިސްޓްރޭޓަށް އެހީތެރިވެދިނުން.

5. ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު، ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި، އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ، އެކަމެއް ހުއްޓުވުން.

6. ކޯޓަށް ހާޒިރުކޮށްފައި ތިބޭމީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން.

7. ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް  އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެންއުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.

8. ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒުކުރުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމާއި، ޝަރީޢަތުގެ މަޖިލީހުން ނެރުން (މެޖިސްޓްރޭޓުގެ ހުއްދައާއެކު)

9. ކޯޓަށް ހާޒިރުވުމުގެ ޢަމުރުކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުވޭތޯ ބެލުމާއި، ހާޒިރުނުވާނަމަ، މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން އެފަރާތްތަކާމެދު ފިޔަވަޅުއެޅުން.

10. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން.

11. ތަޙްޤީޤީ އިދާރާތަކަށް ބަލައިފާސްކުރުގެ އަމުރުތަށް ހޯދަންއެދި ހުށަހެޅުމުން، އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން.

112. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.

13. މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ  15:00 ގެ ކުރިން،  "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު މި ކޯޓަށް ހުށަހެޅުން އެދެމެވެ.
  • ވަޒީފާއަށް އެދި މި ކޯޓުގެ ފެކްސް ނަންބަރު 6720599 އަށް ފޮނުއްވާ ފެކްސްތަކާއި، މި ކޯޓުގެ އީމެއިލް [email protected] އަށް ފޮނުވާ އީމެއިލްތައްވެސް ގަބޫލު ކުރެވޭނެއެވެ. ނަމަވެސް ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުންތައް ހަމައަށް ކޯޓަށް ލިބުނުތޯ ބަލައި ޗެކްކުމަކީ އެ ލިޔުންތައް ފޮނުވާ ފަރާތުގެ ކަމެކެވެ. އަދި އިންޓަވިއުއަށް އަންނައިރު، މިފަދަ އެންމެހައި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި،  ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކާއި،  ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާގެ ނަމާއި، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް، އެތަނުގެ ތައްގަނޑުޖެހި ލިޔުން.
  6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. މި ވަޒީފާއަށް މީހަކު ޤައްޔަންކުރުމުގެކުރިން، މަތީގައި ހަވާލާދިން މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ. 

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހާއި، ކޯޓުންދޭ ޓެސްޓެއްގެ ޖުމުލައަށް ބަލައިގެންނެވެ.

އިންޓަވިއު:މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 އެޕްރީލް 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެ، މ. މުލީގައި ހާޒިރުވެ ތިބުން އެދެމެވެ. އިންޓަވިއުކުރާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6720012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ޖުމާދަލްއާޚިރާ 1436

12 އޭޕްރިލް 2015