މަޤާމް:
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
އަސާސީ މުސާރަ:
|
މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
މަހަކު -/2،000 (ދެހާސް ރުފިޔާ)
|
ލިވިންގ އެލަވަންސް:
|
މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
ފ. ލަންދޫ މެޖިސްޓްރޭޓް ކޯޓް (ފ. ނިލަންދޫ)
|
ތަޢުލީމާއި ތަޖުރިބާ:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.
|
ވަޒީފާގައި އަދާކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މި ކޯޓާއި އަތޮޅުކޯޓުތަކުގެ ކޮމްޕިއުޓަރތަކުގެތެރެއިން މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަޝްވަރާގެމަތިން، މި ކޯޓާއި ރަށު ކޯޓުތަކުގެ ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތް ކުރުން.
- މި ކޯޓާއި އަތޮޅު ކޯޓުތަކުގެ ވެބްސައިޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، އެ ސައިޓްތައް ހިނގާ ނުހިނގާގޮތް، އެ ކޯޓެއް ހިންގުމާ ހަވާލުވެހުރި މެޖިސްޓްރޭޓެއްގެ ލަފާގެމަތިން ބެލެހެއްޓުން.
- މި އަތޮޅުގެ އައިޓީ ދާއިރާ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމާއެކު، އައިޓީއާގުޅޭ މަޢްލޫމާތު ކޯޓުތަކުގެ މުވައްޒަފުންނަށް ދިނުމާއި، އެ ދާއިރާއަށް މުވައްޒަފުން އަހުލުވެރިކުރުވުން.
- އަތޮޅުގެ ކޯޓުތަކުގެތެރެއިން ނެޓްވޯކް ޤާއިމްކުރެވިފައިވާ ކޯޓުތަކުގެ ނެޓްވޯކަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ބެލެހެއްޓުން.
- ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައާ (އީގަވަރމަންޓް ނިޒާމާ) ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކޯޓުތަކުގައި ބެހެއްޓިފައިވާ އިންޓަރކަމް ސިސްޓަމްތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އެ ސިސްޓަމްތަކަށްޖެހޭ މައްސަލަތައް ރަނގަޅު ކރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސް، ލިވިންގ އެލަވަންސް، ޖުޑީޝަލް އެލަވަންސް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މެޖިސްޓްރޭޓު ކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ނުވަތަ ވަޒީފާއެއް އަދާކުރަމުންދާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރުު.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 މޭ 1 ވަނަ ދުވަހުން ފެށިގެން މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ.
|
އެހެނިހެން ކަންތައްތައް:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ، މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކަށްވެގެން ނުވާނެއެވެ.
- ފެކްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައްވެސް ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް، އިންޓަވިއުއަށް ހާޒިރުވާއިރު ފޯމުގެ އަޞްލު ގެންނަންވާނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ފޯމުގެ އަޞްލު ނުގެނެސްފިނަމަ، ފޯމް ބާޠިލްކުރެވޭނެއެވެ.
- އިންޓަރވިއުއަށް ހާޒިރުވާއިރު، ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
|
މި މަޤާމަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބަލާނެ ކަންކަން
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6740067 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|