ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2024/58
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 06 މާރިޗު 2024 21:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1445 ގައި ބައިވެރިވުމަށް ހުޅުވާލުން

                              މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1445 ގައި ބައިވެރިވުމަށް ހުޅުވާލުން

           1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

       ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.  އެ ނޫން  ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން،  1 ވަނަ ، 2 ވަނަ  3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.  ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން  1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

 މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

 ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 

ކޮންމެ ގޮތްޕަކުން  ، މުޅި މުބާރާތުން   1 ވަނަ -/25000ރ ޓްރޮފީ އާއި ސެޓްފިކެޓް

             2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

             3 ވަނަ  -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 މަދަޙަ މުބާރާތު ގައި ބައިވެރިވެވޭ އުމުރުފުރާތަކަކީވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.  އެ ނޫން  ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން،  1 ވަނަ ، 2 ވަނަ  3 ވަނަ ހޮވާނެއެވެ.

ކޮންމެ އުމުރުފުރާއަކުން  1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

                2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން       1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

             3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 

އެ ގޮތުން https://quranmadhaha.malecity.gov.mv/  މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ދެ މުބާރާތުގެ އުޞޫލުތައް މި ލިންކުން ޑައުންލޯޑުކުރެވޭނެއެވެ. 

މި ދެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 26 ފެބްރުއަރީ 2024 ގެ ހެނދުނު 09:00 އިން ފެށިގެން 06 މާރޗް 2024 ގެ ރޭގަނޑު 09:00 ގެ ނިޔަލަށެވެ.

  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

            16 ޝައުބާން  1445

            26 ފެބްރުއަރީ    2024

26 ފެބުރުވަރީ 2024