ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް އަލުން ހުޅުވާލުން
މި މިނިސްޓްރީގެ ނަންބަރު IUL)438-ECAS/1/2015/11) އިޢުލާނަށް ކުރިމަތިލި ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރުން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމާ ބެހޭގޮތުން ވެރިފިކޭޝަން ރިޕޯޓެއް ތައްޔާރުކުރުމުގައި ނެޝަނަލް އޯޒޯން ޔުނިޓަށް އެހީތެރިވާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (އަހަރު އަދި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު) އާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018342
ފެކްސް: 3018301
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv