ދިވެހިރާއްޖެ
ލ. އަތޮޅު ކައުންސިލް އިދާރާގައި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2024/9 ( 25 ޖަނަވަރީ 2024 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ފުރިހަނުވާތީ އެއަންދާސީ ހިސާބުތައް ބާޠިލް ކުރުމަށްފަހު އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ތިރީގައިއެވާ މެއިލަށް މެއިލްކުރެއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
28 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
04 މާރިޗް 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
3 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |