ދިވެހިރާއްޖެ
މުލަކަތޮޅު ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމާބެހޭ
މިއިދާރާގެ ނަންބަރު: A-52ފ/363/2014ފ(17 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން މިއިދާރާއިން މަސައްކަތް ކުރަންވީގޮތާ ބެހޭގޮތުން ދެވިފައިވާ މަޢުލޫމާތަކީ، އެމަސައްކަތް ކުރުމަށް ކަމާބެހޭ މިނިސްޓްރީން ގެންގުޅުއްވާ މިންގަނޑުތަކަށް ނުފެތޭ މަޢުލޫމާތުތަކަކަށް ވުމުން އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާނުކުރަމެވެ.
މ. ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި ގޯލުގެ ފަހަތުގައި ވޭވަށު ކައުންސިލް އިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް ފެންސް ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވުމާއެކު، ދެންނެވިގޮތަށް އަމިއްލަ ތަކެތީގައި ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި ގޯލުގެ ފަހަތުގައި ފެންސް ޖެހުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުމާއި ލިޔެކިޔުން ހަވާލުކުރުން |
29 އެޕްރީލް 2015 |
ބުދަ |
13:00 |
އަންދާސީހިސާބު ބަލައިގަތުން |
10 މޭ 2015 |
އާދީއްތަ |
13:00 |
އަންދާސީހިސާބު ހުށަހަޅާ ފޯމާއި ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން" ލިޔެފައި އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.