ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340/340/2015/21
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 23 އޭޕްރިލް 2015 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ. ރަސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ މާލިއްޔަތާބެހޭ އެކައުންޓްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  2. ކައުންސިލް އިދާރާގެ މާލިއްޔަތާބެހޭ އެކައުންޓްތައް ދުވަހުންދުވަހަށް ބާކީކޮށް ބެލެހެއްޓުން.
  3. ކައުންސިލް އިދާރާއަށް ދުވަހުންދުވަހަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަނެ، ރަސީދު ތައްޔާރުކޮށް، ދުވަހުންދުވަހަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކަށް ޖަމާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  4. ކައުންސިލް އިދާރާއިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ބިލުތަކުގައި ފައިސާ ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  5. ކައުންސިލް އިދާރާގެ މާލީބަޔާން، ހެދިފައިވާ ފޯމެޓްތަކާ އެއްގޮތަށް ހަދައި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  6. ކައުންސިލް އިދާރާގެ ފަރާތުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔައި، ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓަށް ޖަމާކުރުން.
  7. މީގެ އިތުރުން، އޮފީހުގެ މަސައްކަތްކަތާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮޖެކްޓް ސެކްޝަން)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝން:

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ. ރަސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާއި، އެހެނިހެން ފަރާތްތަކުން ރައްޔިތުންނަށް އަމާޒުކޮށްގެން ރަށުގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  2. ރަސްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3. ރަސްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި  އިޖުތިމާޢީ އެންމެހައި ތަންތަނާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  4. ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގައި ދަށުގައިވާ ތަންތަނުގައި ހުންނަ މެޝިނަރީއާއި، އިކްވިޕްމަންޓްސް، ފަރުނީޗަރު ފަދަ ތަކެތި މަރާމާތުކުރުމާބެހޭ ކަންކަން ކުރުން. 
  5. އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  6. ކައުންސިލުން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް ފަންޑު ހޯދުމާއި، ފަންނީ ލަފާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  7. މަރާމަތަށް ދާނެ ޚަރަދުގެ އަންދާސީ ހިސާބު ތައްޔާރުކުރުމާއި، މަސައްކަތުގެ ތަފްޞީލާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ތައްޔާރުކުރުމާއި، މަސައްކަތް ކޮށްދޭނެ ފަރާތް ހޯދުމަށް އިޢުލާން ކުރުން.
  8. މަސައްކަތާބެހޭ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ބަލައިގަތުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގެ ބައްދަލުވުން އިންތިޒާމް ކުރުން.
  9. އިވެލުއޭޝަން ކޮމިޓީ އެކުލަވައިލުމާބެހޭ ކަންކަމާއި، ކޮމިޓީއަށް  ޢައްޔަނުކުރާ މެންބަރުންނަށް އެކަން އެންގުމާއި، ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  10. ބިޑް/މަސައްކަތް ކާމިޔާބު ނުކުރެވުނު ފަރާތްތަކަށް އެކަން އެންގުމާއި، ބިޑްކާމިޔާބު ކުރިފަރާތަށް މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުން ތައްޔާރުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  11. އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ތަކެތި މާލޭން ގެނެސް ކައުންސިލް އިދާރާގެ ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  12. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންވީ ތަނާއި ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ އެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެން ޢިނާޔާތެއްވާނަމަ، އެ ޢިނާޔަތެއް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

 

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން، 2 އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހޯދުމަށް 10 މާރިޗު 2015 ގައި މި ކައުންސިލުން ކޮށްފައިވާ މި އިދާރާގެ IUL)340/340/2015/6) ނަންބަރު އިޢުލާނުގައި ދޭންޖެހޭ މުއްދަތަށްވުރެ ކުރު މުއްދަތެއް ދެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފީމެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6660714 ނަންބަރު ފޯނާ ރަސްމީގަޑީގައި ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6660714 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015