ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު
މ. މުލަކު މަސްޖިދުލް ފަލާޚްގައި ބޭނުންވާ 20 ކިލޯވޯޓުގެ (އޮންގްރިޑް 3 ފޭސް) ސޯލާ ޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން -/500ރުފިޔާ (ފަސް ސަތޭކަ ރުފިޔާ)ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 ފެބުރުއަރީ 25 އިން 2024 މާރިޗް 04 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700388001 Revenue 1 އެކައުންޓަށް ޓްރާންސްފަރ ކުރުމަށް ފަހު ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ކުންފުނީގެ ނަމާއި އެޑްރެސް، ގުޅޭނެނަންބަރާއި އީ- މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ މެއިލް [email protected] މެދުވެރިކޮށް ފޮނުވަން ވާނެ އެވެ.
ބިޑް ޑޮކިއުމެންޓް ބައްލަވައިނުގަންވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މި އިދާރާއިން 2024 ފެބުރުއަރީ 25 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ އެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މި ބިޑާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މި ކައުންސިލް އިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާ އެކެވެ. މި ބިޑާއި ގުޅިގެން އެއްވެސް ސުވާލެއް ވާނަމަ 2024 މާރިޗް 04 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] މި މެއިލް އެޑްރެހަށް ފޮނުވަން ވާނެ އެވެ.
ބިޑްތައް ހުޅުވުން އޮންނާނީ 2024 މާރިޗް 05 ވަނަ ދުވަހުގެ 13:00 ގައި މުލަކު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކު ކައުންސިލްގެ އިދާރާ
ހޭލަމޭލަ ހިންގުން/ މ. މުލައް
ފޯން: 6720601
މެއިލް: [email protected]
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.