ބީލަން
ނަންބަރު: (IUL)366/2024/18
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 03 މާރިޗު 2024 13:30
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫރުމިސްކިތު މަރާމާތާއިބެހޭ

ނޫރު މިސްކިތުގެ އުތުރުފަރާތައް އިތުރުކޮށްފައިވާ ފެންޑާބައިގައި ހަރުކުރުމަށް ބޭނުންވާ ކުދިދޮރުތައް ޖެހުމާއި، ފާޚާނާގެ ބޮޑު ދެދޮރު ހޯދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (14-2-2024)(IUL)366/2024/12 ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެން ބޮޑުވުމާއި ގުޅިގެން އެ އިޢުލާނު ބާޠިލްކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، މިއިޢުލާނާއެކު ޢާއްމުކޮށްފައިވާ ލިސްޓްގައިވާ ތަކެތި އަމިއްލަ ޚަރަދުގައި މިއިދާރާއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 03 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަކޮށް އަދި ތަކެތީގެ އަގުތައް ވަކިން އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ޝީޓް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު ހޯދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ޢާއްމު ކުރީމެވެ.

 ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ފެބުރުވަރީ 2024