ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑަށް މެންބަރުން ހޮވުމަށްޓަކައި މި މިނިސްޓްރީގެ ނަންބަރު (IUL)23-L/23/2024/19 (23 ޖަނަވަރީ 2024) ގެ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އެއްވެސް ކެނޑިޑޭޓަކު ކުރިމަތި ލައްވާފައި ނުވާތީ، އަލުން މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
ބޯޑުގެ ނަން |
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު |
|||||
މަޤާމު |
|
|||||
ބޭނުންވާ ޢަދަދު |
މަތީގައި ބަޔާންކޮށްފައިވާ ކޮންމެ ދާއިރާއަކުން 1 (އެކެއް) މެންބަރު |
|||||
މެމްބަރުކަމުގެ ދައުރު |
4 (ހަތަރެއް) އަހަރު |
|||||
އެލަވަންސް |
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ. |
|||||
ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް |
(ހ) ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހެދުން. (ށ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މަޤްޞަދު ހާސިލުވާ މިންވަރު ބަލައި، އެ އިރަކަށް އިޞްލާޙު ކުރަންޖެހޭ ބައެއް އިޞްލާޙު ކުރުން. (ނ) މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސް ކުރުން. (ރ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއެޅުން. (ބ) ދުންފަތް ކޮންޓްރޯލު ކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި، އެކަންކަން އެކުލަވައިލުމަށްފަހު، ކެބިނެޓަށް ލަފާ ދިނުން. (ޅ) ދުންފަތުގެ ބޭނުންކުރުމުން ޖުމުލަގޮތެއްގައި އާބާދީގެ ޞިއްޙަތަށް ކުރާ އަސަރާއި ފަރުދުންގެ ޞިއްޙަތަށް އަންނަ ބަދަލު ދެނެގަނެ، އެކަމާ ބެހޭ ދިރާސާތައް ކުރުން. (ކ) ދުންފަތުން މީސްތަކުން ރައްކައުތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި އިރުޝާދު ދިނުން. (އ) ބޯޑުން ފާރަވެރިވެ ބަލަހައްޓާ ކަންކަމާ ގުޅިގެންނާ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި، ބޯޑަށް ފެންނަ ކަންކަމުގައި ކެބިނެޓަށް މަޝްވަރާ ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ރިޕޯޓެއް ހުށަހެޅުން. (ވ) ދުންފަތާބެހޭ މުޢާހަދާތަކުގައި ބައިވެރިވާ ޤައުމުތަކުގެ ފަރާތުން އެފަދަ ބައްދަލުވުންތަކުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވައިލައި ތައްޔާރުކުރުން. (މ) ބޯޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި އެ އިރަކަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއީ، ފަންނީ ތަޖުރިބާކާރުން އެކުލެވޭ ކޮމެޓީތައް ހެދުން. |
|||||
މެންބަރުކަމުގެ ޝަރުޠު |
|
|||||
ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް) |
|
|||||
މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
|
|||||
މެންބަރުކަމުގެ މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަޤާމަށް ޢައްޔަންކުރެވޭނީ އެންމެ މަތިން މާކުސް ހޯދާ ފަރާތެކެވެ. |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|||||
ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 14 މާރިޗު 2024 ގެ 13:00 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. |
|||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 ނުވަތަ 3014330 އެވެ. |