ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)366/2024/17
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 29 ފެބުރުވަރީ 2024 14:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށާއި، އެ ނިންމުން ތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫނު ނަންބަރު: 2010/7) ލާޒިމުކުރެއެވެ. އެހެންކަމުން، މި ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޙާބު ކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު "ކައުންސިލަށް ލަފާދޭ ކޮމެޓީ" އަލުން ރިވިއު ކުރުމަށް މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 141 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މިދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މެންބަރުން ބޭނުންވާ ދާއިރާތައް:

  • ޞިއްޙީ
  • ތަޢުލީމީ
  • ދަނޑުވެރިކަން
  • ފަތުރުވެރިކަން
  • މަސްވެރިކަން
  • ޙާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލު ކޮށްދޭ ފަރާތެއް
  • އުމުރުން 65 އަޙަރު މަތީ ފަރާތެއް
  • ވޭތުވެދިޔަ ދައުރުތަކުގައި މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ މެމްބަރެއް
  • އަންހެން ކަނބަލެއް

ވީމާ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރާއި ކުރިމަތިލާ ދާއިރާ އެގޭނެގޮތަށް 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ފެބުރުވަރީ 2024