މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/83
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 23 އޭޕްރިލް 2015 09:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ. ހޮޅުދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

ނ. ހޮޅުދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް ނ. އަތޮޅު ހޮސްޕިޓަލަށާއި ނ. ހޮޅުދޫ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ 09:00 އަށް ނ. އަތޮޅު ހޮސްޕިޓަލަށާއި ނ. ހޮޅުދޫ ޞިއްޙީމަރުކަޒަށް އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޖުމާދަލްއާޚިރާ 1436       

14 އޭޕްރިލް 2015