ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2024-38
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:49
ސުންގަޑި: 03 މާރިޗު 2024 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އައިސީޓީ ޕްރޮޖެކްޓް މެނޭޖަރ

 

 

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

އައިސީޓީ ޑިވިޜަން – އެމްޓީސީސީ ޓަވަރ

 

އަދަދު

1

 

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 

މުސާރައާއި ޢިނާޔަތްތައް

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

 

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު

 

ޝަރުޠު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން އެމްއެންކިއުއެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

 

ވޫ ކޮމާސް އިމްޕްލިމެންޓޭޝަން ސްޕެޝަލިސްޓް

 

 

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

އައިސީޓީ ޑިވިޜަން – އެމްޓީސީސީ ޓަވަރ

 

އަދަދު

1

 

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 

މުސާރައާއި ޢިނާޔަތްތައް

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

 

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު

 

ޝަރުޠު

  • ވޫ ކޮމާސް ޕްލެޓްފޯމް ކަސްޓަމައިޒްކޮށް، ޕްރޮޖެކްޓް އިންޕްލިމެންޓް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ވޫ ކޮމާސް އާކިޓެކްޗަރ، ޕްލަގިންސް އަދި އެކްސްޓެންޝަންސް އަށް ފަރިތަވުން
  • PHP,  HTL, CSS އަދި ޖާވާ ސްރިޕްޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • MySQL, PostgreSQL ފަދަ ޑޭޓާބޭސް ސިސްޓަމްތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • React, React Native, Angular, GraphQL, Node,js އަދި ވެބް އޭޕިއައި ޑިވެލޮޕްމަންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.

އިތުރު ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

 

އެސިސްޓެންޓް އާކިޓެކްޓް

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ބިލްޑިން ސާވިސް ޑިވިޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

 

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • އާކިޓެކްޗަރަލް ސައިންސް އިން ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
  • އާކިޓެކްޗަރަލް ސައިންސް އިން ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 6/5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2024 މާރިޗު 2 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2024 މާރިޗު 3 ން 2024 މާރިޗު 15 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

23 ފެބްރުއަރީ 2024

23 ފެބުރުވަރީ 2024