ދިވެހިރާއްޖެ
ނ.ފޮއްދޫއިން ދިރިއުޅުމަށްޓަކައި 2000 (ދެހާސް) އަކަފޫޓުގެ 30 (ތިރީސް) ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ނ.ފޮއްދޫ ކައުންސިލްގެ ނަންބަރު (IUL)296/296/2023/14 އިޢުލާނުގައި ކަނޑައަޅާފައިވާ އެންމެހާ އުސޫލުތަކާއި އެ އިއުލާނާއި ގުޅިގެން ކުރިޔަށް ގެންދާންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގައި ހުރި ދަތިތަކާއި މައްސަލަތައް ޙައްލުކޮށް ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލެއް ކަނޑައެޅުމަށްޓަކައި މިކައުންސިލްގެ ނަންބަރު (IUL)296/296/2023/14 އިޢުލާނުގައި ކަނޑައަޅާފައިވާ ކަންކަން މުރާޖަޢާ ކުރުމަށްފަހު [ނ. ފޮއްދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު] އަލުން އެކުލަވާލާ މިކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މިއުސޫލަށް ޢަމަލުކުރަން ފެށުމުން ބަޔާންވެދިޔަ 30 (ތިރީސް) ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ އާ އުސޫލުގެ ދަށުންނެވެ. އަދި ގޯއްޗަށް ކުރިމަތިލުމަށްޓަކައި ކައުންސިލް ގެ ނަންބަރު: (IUL)296/296/2023/11 އިޢުލާނުން ފޯމު ހުށަހެޅުމަށްޓަކައި ހުޅުވާލެވި އަދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވެ އެ 30 (ތިރީސް) ގޯއްޗަށް ކުރިމަތިލުމުގެ މަރުޙަލާ ނިމިފައިވާތީ މިއުސޫލުގެ ދަށުން ކުރިޔަށްގެންދާނީ ދެންހުރި މަރުޙަލާތައްކަމުގައި ދަންނަވަމެވެ.
ވީމާ، ނ. ފޮއްދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު ޢާންމުކޮށް އިޢުލާނު ކުރަމެވެ.
12 ޝައުބާން 1445
22 ފެބްރުއަރީ 2024