ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2024/74
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 13 މާރިޗު 2024 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު - އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) އިން ދޭ ކުދި މާލީ އެހީ

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

 

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) އިންދޭ

ކުދި މާލީ އެހީ

  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"  މަޝްރޫޢު ގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އަދި ޤައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދްރަތީ ރައުސްމާލުގެ ހިސާބު / ވަޒަންކުރުން އަތޮޅު އަދި ރަށުފެންވަރުގައި ހައްދުންމަތީގައި ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެ، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީކުރެވޭނޭ ވިސްނުންތަކެއް ގެނައުމަކީ މި މަޝްރޫޢުގެ އެއް މަގްސަދެވެ.

އެންދެރި ސްމޯލް ގްރާންޓް (ކުދި މާލީ އެހީ) ގެ މަގްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައި، އެ ނިޒާމްތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަ ކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން މިމަޝްރޫޢު މެދުވެރިކޮށް ލާމު އަތޮޅުގެ ރަށްތަކަށް ފޯރުކޮށްދިނުމެވެ. މި ގޮތުން މިއިޢުލާނާއި އެކު ފޮނުވާފައިވާ "ކޯލް ފޮރ ޕްރޮޕޯޒަލްސް' އަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ:

މަދަނީ ޖަމްޢިއްޔާތަކަށް، މީގެތެރެއިންވެސް ޤައުމީ އަދި ރަށު ފެންވަރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ނޮން-ގަވަރމެންޓް އޯގަނައިޒޭޝަންސް (އެން.ޖީ.އޯސް) ތަކަށް، ކޮމިއުނިޓީ ބޭސްޑް އޯގަނައިޒޭޝަންސް (ސީ.ބީ.އޯސް)، ޒުވާނުން އަދި ކުޑަކުދިންނާއި ގުޅުންހުރި ޖަމްޢިއްޔާތަކަށް، މަދަރުސާ އަދި ޔުނިވަރސިޓީފަދަ ތަންތަން، އަންހެނުން އިސްވެ ހިންގާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށެވެ. ހުށައަޅާ ޕްރޮޖެކްޓަކީ ރަށު ކައުންސިލުން އެންޑޯޒް ކޮށްފައިވާ ޕްރޮޕޯސަލްއަކަށް ވާންވާނެއެވެ.

 

ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ކޮންސެޕްޓެވެ. ހުށަހަޅާ ކޮންސެޕްޓްތަކުން އެންމެ ރަނގަޅު ކޮންސެޕްޓްތަކަށް ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތުލިބޭނެއެވެ. 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިއްލާންގައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައްހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 13 މާރިޗް 2024، ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންެ[email protected] އަށެވެ.

22 ފެބުރުވަރީ 2024