ބީލަން
ނަންބަރު: (IUL)221-ASS/221/2024/8
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 29 ފެބުރުވަރީ 2024 13:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީއިން ދޭ މައުލޫމާތާއި މި އިއުލާނާއި އެއް ހީރަސްކޮށްފައިވާ ޓީ.އޯ.އާރްއާއި އެއްގޮތަށް، މި އޮތޯރިޓީގެ ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މި އިއުލާނާއި އެއް ހީރަސްކޮށްފައިވާ ޓީ.އޯ.އާރްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ފެބްރުއަރީ 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/PXZ7R8tqdt

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           

22 ފެބުރުވަރީ 2024