މަސައްކަތް
ނަންބަރު: BML/PD/ERP-BID/2015/018
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 26 އޭޕްރިލް 2015 14:30
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން

ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ކޮންޓްރެކްޓް އުސޫލުން މުވައްޒަފުންގެ ޔުނިފޯމު ފެހުމަށް ބޭނުންވާ ފޮތި ސަޕްލައިކޮށްދިނުން.
  2. ކޮންޓްރެކްޓް އުސޫލުން މުވައްޒަފުންގެ ޔުނިފޯމު ފަހައިދިނުން.
  3. ކޮންޓްރެކްޓް އުސޫލުން މުވައްޒަފުންގެ އޮފީސް ބޫޓު، ބެލްޓު، އިސްޓާކީނު، ސަޕްލައިކޮށްދިނުން.

މިގޮތުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި ބަޔާން ކުރެވިފައި މިވަނީއެވެ.

- އޮފީސްތަކުގެ ޔުނިފޯމު ފަހައިދިނުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރިކަމުގެ ލިޔުމެއް ހުށަހެޅުން

- ފޮތީގެ ސްޓޮކް ރަނގަޅު ހާލަތެއްގައި ބެހެއްޓޭނެ ކަމުގެ ޔަގީންކަން ދެވޭނެ ލިޔުމެއް ހުށަހެޅުން

- ތަޖުރިބާ ހުރި މުވައްޒަފުން ގެންގުޅޭ ކަމުގެ ޔަގީންކަން ދެވޭނެ ލިޔުމެއް ހުށަހެޅުން

- ކޮޮންޓްރެކްޓް އުސޫލުން އޮފީސްތަކަށް މުވައްޒަފުންގެ އޮފީސް ބޫޓު، ބެލްޓު، އިސްޓާކީނު، ސަޕްލައިކޮށްދިނުމުގެ ތަޖުރިބާ ހުރިކަމުގެ ލިޔުމެއް ހުށަހެޅުން

މިމަސައްކަތާ ބެހޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން، 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގައި ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގރޫމުގައި އޮންނާނެއެވެ. ވީމާ، މިމަސައްކަތްތައް ކުރުމަށްް ޝައުޤުވެރިވެވަޑައިގަަންނަވާ ބޭފުޅުންނަށް މިބައްދަލުވުމަށް ދަޢުވަތު އަރުވަމެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015