ތަމްރީނު
ނަންބަރު: (IUL)252/252/2024/27
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 23 ފެބުރުވަރީ 2024 18:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތު ހުޅުވާލުން

ނަމްބަރ:(IUL)252/252/2024/27

 

އިޢުލާން

ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތު ހުޅުވާލަމެވެ.

 

            މި ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވާން އިތުރު ފަރާތްތަކުން އެދެމުންދާތީ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ދެޖިންސުގެ ފަރާތްތަކަށެވެ. މި ކޯހުގައި ކިޔަވައިދޭނީ މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

  • ކޯހުގައި ބައިވެރިވުމުގެ ފީ: 500.00 (ފައްސަތޭކަ ރުފިޔާ)
  • ކޯހުގެ ބައިވެރިން ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ކޯހުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ފަރާތުންނެވެ.
  • ކޯހުގެ މުއްދަތަކީ 7 ދުވަހެވެ.
  • 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ.

 

            ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަލަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 23 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 18:00 އެވެ.

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLScms9dtVNK7NFtVxpNVuGAJVVJrzlB_gycEqPymzzTrPy7jiA/viewform?usp=pp_url

 

 

3.މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

11 ޝަޢުބާން 1445

21 ފެބްރުއަރީ 2024

21 ފެބުރުވަރީ 2024