ކުއްޔަށް ދިނުން
ނަންބަރު: (IUL)382-ESMS/382/2024/6
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި:
29 ފެބުރުވަރީ 2024 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ ބަނދަރު ސަރަހައްދުގެ ހުޅަނގުން މިހާރުގެ ރާގޮނޑިހިފާ ސަރަހައްދާއި އިވެގެން އޮތް ނައިބުކަލޭފާނުމަގުގެ ހުޅަނގުން ޒެޑް.އައި.އެލް އިންވެސްޓްމަންޓް އަށް މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގުން އޮތް ހުސްބިމުގެ ތެރެއިން 3000 އަކަފޫޓްގެ 04ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިދެންނެވި ސަރަހައްދުން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިބިންތައް ދޫކުރާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓް އިޢުލާނާއި އެކަރުދާސް ކުރެވިފައިވާނެއެވެ.
މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
ނަންނޯޓްކުރުން / ރަޖިސްޓްރޭޝަން
|
- މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފައްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ފެބުރުވަރީ 2024 އިން 29 ފެބުރުވަރީ 2024 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ.
- ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- އީމެއިލް އެޑްރެސް [email protected]
- ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
- ބިންނަންބަރު PS002,PS003,PS004,PS005,ޚާއްސަކުރެވިފައިވަނީ މަހުގެ މަސައްކަތުގެ ވިޔަފާރިއަށެވެ.
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފްކުރުން
|
- މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 03 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- މި ބިޑާގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 22 ފެބުރުވަރީ 2024 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
- އީމެއިލް އެޑްރެސް [email protected]
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، އައިޑީކާޑުނަންބަރު ، ގުޅޭނެ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ.
|
ބިޑު ( އަންދާސީ ހިސާބު ) ހުށަހެޅުން
|
- ބިޑު / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 07 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ކޮޅުމަޑުލު ބުރުނީ ބަނދަރު ސަހަރައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.15ރ ( ފަނަރަލާރި ) އެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބުރުނީ ކައުންސިލްގެ އިދާރާ
ރޯޝަނީމަގު / ތ. ބުރުނި
ފޯން: +9606780038
އީމެއިލް: [email protected]
|
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.