މަސައްކަތް
ނަންބަރު: K9C-A/2024/01
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 10 މާރިޗު 2024 13:00
މުލަކަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
40 މީޓަރ ފޯކޯ ކޭބަލް 16 ސްކެއަރ އެމް.އެމް.ގެ (4X16 Square mm) ގެ ކޭބަލް މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތަށް ވައްދާ ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

މ. މަޑުއްވަރި

ދިވެހިރާއްޖެ

 ނަންބަރު: K9C-A/2024/01

އިޢުލާން

40 މީޓަރ ފޯކޯ ކޭބަލް 16 ސްކެއަރ އެމް.އެމް.ގެ (4X16 Square mm) ގެ ކޭބަލް މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތަށް ވައްދާ ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިކޯޓުގެ ޢިމާރާތަށް 40 މީޓަރ ފޯކޯ ކޭބަލް ވައްދާ ވަޅުލާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 29ފެބުރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިންރަސްމީ ގަޑީގައިމިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

       މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 10މާރިޗު 2024 ވަނަ ދުވަހުގެ 13:00ގައި މި ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

21 ފެބުރުވަރީ 2024

                                                     އަރުޝަދު ނާޞިރު

                                                ޗީފް އެޑްމިނިސްޓްރޭޓަރ

21 ފެބުރުވަރީ 2024