ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/36
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:42
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: ފުރަތަމަ ބުރު – އެޕްރީލް 2015

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: ފުރަތަމަ ބުރު – އެޕްރީލް 2015

ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުސަތުތަކުގެ

ޖުމްލަ

ދިވެހިރާއްޖެ

ޑިޕްލޮމާ

6 ,5

އޭސީސީއޭ

10

ނާރސިންގ

20

ލައިބްރަރީ ސައިންސް

2

ޤުރުއާން ޓީޗިންގ

10

ޓީޗިންގ

30

ބެޗްލަރސް ޑިގްރީ

7

އެކައުންޓިންގ

10

ނާރސިންގ

15

ބިޒްނަސް މެނޭޖްމަންޓް

5

ޓީޗިންގ

25

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

30

 

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ

8

ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

7

 

މާސްޓާރޒް ޑިގްރީ

9

ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

25

ޖުމްލަ

189

ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ ޖުމްލަ

ސާކް ޤައުމުތައް

ބެޗްލަރސް ޑިގްރީ

7

އޭ.ސީ.ސީ.އޭ

5

ލައިބްރަރީ ސައިންސް   

3

ލެބޯރަޓަރީ ޓެކްނޮލޮޖީ  

5

ފިޒިއޯތެރަޕީ  

5

ސްޓެޓިސްޓިކްސް  

3

އޮޕްޓޮމެޓްރީ

5

ޕެޓްރޯލިއަމް އިންޖީނިއަރިންގ

1

މެރިން ޖިއޮލޮޖީ

1

އޯޝަނޮގްރަފީ

1

އެކުއަކަލްޗަރ

1

ވެޓެރަނަރީ ސައެންސް

1

ސްރީލަންކާ

ބެޗްލަރސް ޑިގްރީ

7

ނާސިންގ

10

 

ބަންގްލަދޭޝް/ސްރީލަންކާ/ ނޭޕާލް

ބެޗްލަރސް ޑިގްރީ

7

ޑެންޓިސްޓްރީ

10

ބެޗްލަރސް ޑިގްރީ

7

އެމް.ބީ.ބީ.އެސް

20

ސާކް ޤައުމުތައް/ މެލޭޝިޔާ

ބެޗްލަރސް ޑިގްރީ

7

ޑިޖިޓަލް ޓެކްނޮލޮޖީ (ޑިޖިޓަލް ފިލްމް އެންޑް ޓެލެވިޜަން)

5

މެލޭޝިޔާ

ބެޗްލަރސް ޑިގްރީ

7

ރިކޯޑިންގ އާރޓްސް އެންޑް ސައިންސަސް

5

ސާކް ޤައުމުތައް

ބެޗްލަރސް ޑިގްރީ

7

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

25

މާސްޓަރޒް ޑިގްރީ

9

ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

15

ޕޯސްޓްގްރެޖުއޭޓް މެޑިސިން

5

ޖުމްލަ

126

 

މިސްކީމުން ލޯނުއެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. މިހާރު ހާސިލުކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން.

ނ. 1 އެޕްރީލް 2015 އަށް ކިޔެވުން ފައްޓާފައިނުވާ ފަރާތަކަށްނުވުން. (1 އެޕްރީލް 2015 ގެ ކުރިން ކިޔަވަން ފަށާފައިވާ ފަރާތްތަކުން ކުރިމަތިލާންވާނީ މިޑިޕާޓްމަންޓުގެ އިޢުލާނު ނަންބަރު IUL)166-schol/166/2015/37) އިން ހުޅުވާލާފައިވާ  މިހާރު ކިޔަވަމަންގެންދާ ފަރާތަކުގެ ސްކީމަށެވެ.)

ރ. ދިވެހި ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. ލެވެލް 8 ގެ ފެންވަރަށް ރާއްޖޭގައި ކިޔެވުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 އަދި 9 ފެންވަރުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން.

ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށައަޅާ ފަރާތަކަށްވުން.

ޅ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ކ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސްހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން. (ލޯކަލް ކޯހެއްކަމުގައި ނުވާނަމަ އެކޯސް ހެދުމަށް ހުއްދަ ދެވޭނީ ލޯކަލް ކޯސްތަކަށްވުރެ ކޯހުގެ ޚަރަދު ކުޑަވާނަމައެވެ.)

އ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

ވ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން.

މ. ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ފ. ލޯނަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓުނުކުރާ ފަރާތެއް ކަމުގައި ނުވުން.

ދ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާ އެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން  ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ތ. ލޯނުއެހީއަށް އެދޭފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން.

ލ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށައަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ގ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓްގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ޏ. އުމުރުން 18 އަހަރު ފުރިފައިވުން.

ސ. ދިވެހި ރައްޔިތެއްކަމުގައިވުން.

 

  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، މި ލޯންސްކީމްގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • ޓީޗިންގ ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅުތެރޭގެ ސްކޫލެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ނާރސިންގ، އެމްބީބީއެސް، ޕޯސްޓްގްރެޖުއޭޓް މެޑިސިން ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި ނުވަތަ ސިއްޙީ މަރުކަޒެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރިއްޔާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށައަޅާ ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • މަތީ ތަޢުލީމުގެ ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެނެކްސްތައް އަދިއެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭ ގޮތް ހެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަން ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށައަޅާނަމަ ކުރިން ހުށައެޅި އެޕްލިކޭޝަން ކެންސަލްކުރުމަށް، ފަހުން ހުށައަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށައަޅަންވާނެއެވެ.
  • ފޯމުބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމުހުށައަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމުފުރިހަމަކުރެވިފައިވަނީ ރަނގަޅަށްނޫންނަމަ، ފޯމުހުށައެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމުރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށައެޅުމުގެ އެންމެ ފަހުދުވަހާހަމައަށް މަޑުނުކޮށް ފޯމު ހުށައެޅުމަށް ނަޞޭޙަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
  • ޕޮއިންޓް ގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ، މިޖާގަ/ޖާގަތަކަށްލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުއަތުންނެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 13 އެޕްރީލް 2015 އިން ފެށިގެން 7 މެއި 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 14:45 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާރޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާރޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިޑިޕާރޓްމެންޓްގެ ވެބްސައިޓްއަކީ: www.dhe.gov.mv  އެވެ.
  • މިސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  1. އެޕްލިކޭޝަން ފޯމު.
  2. މަތީ ތަޢުލީމުގެ ލޯނު ސްކީމް (އަލަށް ކިޔަވަން ފަށާ ދަރިވަރުން) – އެޕްރީލް 2015 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2015 މެއި މަހުގެ 10 ން 14 އަށް ހެދުނު 9.00 ން ފެށިގެން 15:00އާދެމެދުއެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ. 

ސުންގަޑި:

ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މި ޑިޕާރޓްމެންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާރޓްމެންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައި ގަންނަވާނެއެވެ.  ވީމާ، ހުރިހާ ފަރާތްތަކުންވެސް 7 މެއި 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.  ނަންބަރު ދޫކުރުން:

 

 

 

09 އޭޕްރިލް 2015