ޢާންމު މަޢުލޫމާތު
ނަންބަރު: 216-MPAO/I/2015/23
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:30
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަނާބެހޭ މަޢުލޫމާތު ފޯމު ރައްދު ނުކުރެވި ވާ ފަރާތަކާބެހޭ މަޢުލޫމާތު

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 20 ވަނަމާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުމުރުން 65 އަހަރު ވުމުގެ 6 މަސްދުވަސް ކުރިން، މި އޮފީހުން މިދަނީ އެ ފަރާތްތަކަށް ޕެންޝަން ލިބުމުގެ ޝަރުޠު ހަމަވާކަން އެންގުމާއި ޕެންޝަނަށް އެދި ހުށަހަޅާ ފޯމު ފޯރުކޮށްދެމުންނެވެ.

ނަމަވެސް ބައެއް ފަރާތްތައް ދިރިއުޅުއްވާތަން ސާފުވެފައިނުވާތީ، މިސިޓީއާއި ފޯމު ރައްދު ނުކުރެވި މިއޮފީހުގައި ބެހެއްޓިފައި ހުރިކަން ދަންނަވަމެވެ. މި ގޮތުން، ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތައް މިއޮފީހަށް ވަޑައިގެން މިތަކެއްޗާ ހަވާލުވެލެއްވުމަށް އެދި އަންގައި އިޢުލާނު ކުރީމެވެ.

ސިޓީ ނަންބަރު

ދަފްތަރު ނަންބަރު

ނަން

އައިޑީ ނަންބަރު

#

216-MPAO/MISC/2015/115

No 4527

މުޙައްމަދު ޢަލީ

A052309

1

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3309908 އާ ގުޅުއްވުން އެދެމެވެ.

19 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015