ކުއްޔަށް ދިނުން
ނަންބަރު: (IUL)13-J2/13/2015/108
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 23 އޭޕްރިލް 2015 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަ:

ބޯޅަ ދަނޑު 12 ނަންބަރު ފިހާރަ

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2015 އެޕްރީލް 14އިން 2015 އެޕްރީލް 21 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަ ރުފިޔާ)އެވެ.

ފޯމު ވިއްކާ ގަޑި:

ހެނދުނު 8:30 އިން މެންދުރު ފަހު 14:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓު ޑިވިޜަން އަށް

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑިތައް:

ފިހާރަ

ތާރީޚު

ގަޑި

ގަލޮޅު ބޯޅަދަނޑު 12 ނަންބަރު ފިހާރަ

23 އެޕްރީލް 2015 (ބުރާސްފަތި)

10:00

ބިޑު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ބިޑް ސިކިޔުރިޓީގެ ގޮތުގައި 50,000.00ރ (ފަންސާސްހާސް ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީޖަހާފައިވާ ޗެކެއް ގަބޫލެއް ނުކުރެވޭނެއެވެ.
  • ބިޑްހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  • ބިޑްހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  • ވަކިފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  • ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  • ފިހާރަ ކުއްޔަށްހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮސިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށްހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީޖަހާފައިވާ ޗެކަކަށެވެ.
  • ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.
09 އޭޕްރިލް 2015