ޢާންމު މަޢުލޫމާތު
ނަންބަރު: C-381/IUL/2024/14
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:28
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އަމިއްލަ ފަރާތްތަކުން ގެންނަ ކުނި ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅޭ:

އިއުލާން

ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އަމިއްލަ ފަރާތްތަކުން ގެންނަ ކުނި ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅޭ:

 

                  ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމެންދެން އަމިއްލަ ފަރާތްތަކުން ގެންނަ ކުނި ބަލައިގަތުން ވަގުތީގޮތުން ހުއްޓާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް ކުނިވާޒާތުގެ ކުނިއެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަދި ދަންނަވަމެވެ. ޚާއްޞަކުނި އުކައިދިނުމަށް ހަމަޖެހިފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނާއި ރަޖިސްޓްރީ ނުކޮށް ހުރިތަންތަނުން ކުނި ނަގާ އުޞޫލާއި އެއްގޮތަށްކަމަށް ދަންނަވަމެވެ.

            ވީމާ، 2024 ފެބުރުވަރީ 21 ވަނަ ދުވަހުންފެށިގެން ކުނިއުކަން ބޭނުންވާ ފަރާތްތަކުން ނަންނޯޓް ކުރުމަށްފަހު ކައުންސިލަށް ފައިސާ ދެއްކެވުމަށް ދަންނަވަމެވެ. ފައިސާ ބަލައިގަންނާނީ 7730000135163 ( އެކައުންޓް ނަން 1430 REVENUW 02 ) މިއެކައުންޓަށް ޓްރާންސްފާ ކޮށްގެންނެވެ. ފައިސާ ޓްރާންސްފާކުރި ސްލިޕް ފޮނުވާނީ 7253467 ނަންބަރު ފޯނަށެވެ.

                  ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2024