ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ކުރެވުނު ނަންބަރު IUL)243-S01/INDIV/2015/1) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ބިޑް ހުށަހަޅާފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަންޑާރަ ކިޅީގައިވާ ޢިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހު 14:00 ގައި ފުވައްމުލަކު އަތޮޅުގޭގެ މީޓިން ރޫމްގައި އޮންނާނެއެވެ. ބަންޑާރަކިޅި ކުއްޔަށް ހިފުމާބެހޭ ބީލަން ފޮތް 2015 އެޕްރީލް 19 ވަނަ ދުވަހުން ފެށިގެން 2015 އެޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމަޔަށްސޮފްޓްކޮޕީ ފޯމެޓްގައި ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 2000.00 (ދެހާސް ރުފިޔާ) އެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 26 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުގެ މީޓިންގ ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލްތައް އިވެލުއޭޓްކު ރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ.
1. |
ތަނުގެ ކުލި |
40 |
2. |
މާލީ ޤާބިލްކަން |
20 |
3. |
ތަޖުރިބާ |
10 |
4. |
ވަޒީފާ އުފައްދާ މިންވަރު |
05 |
5. |
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ |
05 |
6. |
އިންވެސްޓްމަންޓް |
20 |
19 ޖުމާދަލްއާޚިރާ 1436