ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ މި ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އުމުރުފުރާ އަކަށް އާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތް ކުރިޔަށް ދާނީ 2 ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގަވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2024 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.
މިމުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށްފަހު ވަޤުތުން ދެވޭ ހަނދާނީ ލިޔުމަކާއި، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެނޫން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިން ހޮވޭނެއެވެ. މިވަނަތައް ހޮވޭނީ 2 ގޮފިން ވަކިންނެވެ. އަދި މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވޭނެއެވެ.
މިމުބާރާތުގެ ވަނަވަނައަށް އަންނަ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ:
މުޅި މުބާރާތުން:
1 ވަނަ -/15000ރ ޓްރޮފީ އަދި ސެޓްފިކެޓް
2 ވަނަ -/10000ރ ޓްރޮފީ އަދި ސެޓްފިކެޓް
3 ވަނަ -/5000ރ ޓްރޮފީ އަދި ސެޓްފިކެޓް
ކޮންމެ އުމުރުފުރާއަކުން:
1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
2ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
3ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
ކޮންމެ ގޮތްޕަކުން:
1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
2ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
3ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމް
މިމުބާރާތުގެ އުޞޫލް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 13:00 އަށް ކަމުގައި ދަންނަވަމެވެ. އަދި ބަންދު ދުވަސްތަކުގައި ފޯމު ދޫކުރުމާއި ބަލައިގަތުން 14:30 އިން 17:00 އަށް ކުރިއަށް ދާނެ ވާހަކަދަންނަވަމެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 29 ފެބްރުއަރީ 2024 އެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.