ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)261/261/2024/03
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 25 ފެބުރުވަރީ 2024 13:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން: 2024

 ލާމަރުކަޒީ ޤާނޫނު 107 ވަނަ މާއްދާގަ ލާޒިމުކުރާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވައިލައިގެން ފެބުރުއަރީ މަހުގެ ބައްދަލުކުރާ ބައްދަލުވުމާއި 107 ވަނަ މާއްދާގެ އެކެއްގެ " ށ " އަދި " ނ "  ލާޒިމުކުރާ ހަތަރު ބައްދަލުވުގެ ތެރެއިން ކޮންމެ ހަތަރު މަހުން އެއް މަހު ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން 25 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ހިރިމަރަދޫ ސްކޫލް އޭވީ ރޫމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ

01- 2023 ވަނައަހަރުގެ އަހަރީރިޕޯޓް ރައްޔިތުންނާއި ހިއްސާ ކުރުން.

02- 2023 ވަނައަހަރުގެ މާލީ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުން.

03- ސުވާލާއި ޖަވާބު

   ވީމާ، މި ބައްދަލުވުމުގައި ހިރިމަރަދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ފެބުރުވަރީ 2024