ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/384/2024/1
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 31 މާރިޗު 2024 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢުމްރާއަށް ދިއުމުގެ ފުރުސަތު

           ތ.މަޑިފުށީ ކައުންސިލްގެ 04 ވަނަ ދައުރުގެ 136 ވަނަ ޖަލްސާއިން 2024 ވަނަ އަހަރު މިރަށުގެ 2 ރައްޔިތަކަށް އުމްރާއަށް ދިއުމުގެ ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. ވީމާ، ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝައުޤުވެރިކަން ހުރިފަރާތްތަކުން 31 މާރޗް 2024 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރ 6780034 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން 2 ފަރާތެއް ހޮވުމަށް ގުރުއަތު ނެގިގެންދާނެއެވެ. މިފަރާތްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނެ ތާރީޙެއް ފަހުން އިޢުލާން ކުރެވިގެންދާނެއެވެ. ގުރުއަތުން ހޮވޭ 2 ފަރާތް މިއަހަރުގެ ޖުލައި މަހުގެ އުމްރާގައި ފޮނުވޭނެއެވެ.                                     

ޝަރުތު

·         18 އަހަރުންމަތީގެފަރާތެއްކަމުގައިވުން

·         އުމްރާގެ އަޅުކަން މީގެކުރިން އަދާކޮށްފައިވާ ފަރާތަކަށް ނުވުން

·         ޢުމްރާއަށް ދިއުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަމުގައި ނުވުން

 ހުށަހަޅަންޖެހޭ ލިޔެކިޔުންތައް       

·         އައިޑީކާޑުކޮޕީ

·         ވޭތުވެދިޔަ 6 މަސްދުވަހުގެބޭންކު ސްޓޭޓްމަންޓް

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.         

20 ފެބުރުވަރީ 2024