ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2024/14
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 27 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

          ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި އިޖްތިމާއި މަރުކަޒުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި އެޖެންޑާ :

  • 2023 ވަނަ އަހަރުގެ ޚަރަކާތް ރިޕޯޓް ހުށަހެޅުން.
  • 2024 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން.
  • 2024 ވަނަ އަހަރު ވޯކު ޕްލޭން ހިއްސާކުރުން.

               ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް  އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

20 ފެބުރުވަރީ 2024