ދިވެހިރާއްޖެ
ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓް
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީ.އެސް.އައި.ޕީ) ޕްރޮޖެކްޓްތައް ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރައްވާނެ މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކާ ބެހޭ ލިޔެކިޔުންތަކާއި ޕީ.އެސް.އައި.ޕީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
- ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ސްޓޭންޑަރޑްތައް އެކުލަވާލުން.
- ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް އިވެލުއޭޓް ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ ފްރޭމްވާރކްއާއި ގައިޑްލައިން ތައްޔާރުކުރުން
- ޕްރޮޖެކްޓް މެނޭޖްމަންޓާ ބެހޭ ސްޓޭންޑަރޑް ގައިޑްލައިންތައް ހަދައި ބެލެހެއްޓުން
- ޕްރޮޖެކްޓް މެނޭޖްމަންޓަށް ބޭނުންވާ ސަޕޯޓު ދީ އިދާރީ ޓޫލްތައް ބޭނުންކުރަން ދެއްކުން
- ޕްރޮޖެކްޓް މެނޭޖްމަންޓް ވިލަރެސްކުރާނެ މައި އިންޑިކޭޓަރސްތަކާއި އުސޫލުތައް ދެނެގަތުން
- ޕްރޮޖެކްޓް މެނޭޖްމަންޓް ގައިޑްލައިންއާ ގުޅޭ ޕަބްލިކޭޝަން ތައްޔާރުކޮށް ބެލެހެއްޓުމުގުގައި ޢަމަލީގޮތުން ބައިވެރިވުން
- ތައްޔާރުކުރެވިފައިވާ އުސޫލުތައް ސްޓޭކްހޯލްޑަރުންނަށް އަންގައިދިނުމުގެ ގޮތުން ޓްރެއިނިންގތައް ހިންގުން
ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލުކަން:
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިވެލޮޕްމަންޓް ސްޓަޑީސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ޕްރޮޖެކްޓް މެނޭޖްމަންޓްގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން
- ޕްރޮޖެކްޓް މެނޭޖްމަންޓާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިވުމާއެކު ޕްރޮޖެކްޓްތައް ލިޔެ މެނޭޖްކުރަން އެނގުން.
ޝަރުޠު ހަމަވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު (ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުން)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ އެސެސްމަންޓް ރިޕޯޓް.
ފޮނުވާނީ:
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީ މަގު، މާލެ، 20379، ދިވެހިރާއްޖެ
ފޯން: 3349335
އީމެއިލް:[email protected]
ސުންގަޑި: 27 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.
މަސައްކަތުގެ އުޖޫރަ:
- މި މަސައްކަތައް ކަނޑައެޅިފައި ވަނީ މަހަކު -/25000 ރުފިޔާއެވެ.
އެއްބަސްވުމުގެ މުއްދަތު:
- މި މަޤާމަށް ހޮވޭ ފަރާތަކާއި މި މިނިސްޓްރީއާ ދެމެދު 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއްދަތު ހަމަވުމުން މަސައްކަތަށް ބެލުމަށްފަހު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.