|
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4،465 ރުފިޔާ
|
ސާރވިސް އެލަވަންސް: -/1،500 ރުފިޔާ
|
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
|
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް/ އެޑްމިނިސްޓްރޭޝަން
|
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
|
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީގެ އިންވެންޓްރީ ބެލެހެއްޓުން.
- ބާވާ ތަކެތީގެ ލިސްޓް ނީލަމަށް ފޮނުވުމާއި އެތަކެތި ނީލަން ކިޔޭނެހެން ވަކި ތަނެއްގައި ބެހެއްޓުން، އަދި ހަލާކުވެގެން ނީލަމަށް ނުނަގާ ތަކެތި ވެރިންނަށް ދަންނަވައި ނައްތާލުން.
- މިނިސްޓްރީއަށް އަލަށް ހޯދާ މުދަލުގައި ނަންބަރުޖަހާ އިންވެންޓްރީއަށް ވެއްދުމާއި، ބާވެ ހަލާކުވެގެން ނީލަންކިޔާ ނުވަތަ ނައްތާލާ ތަކެތި އިންވެންޓްރީން ކަނޑާ ބެލެހެއްޓުން.
- މިނިސްޓްރީގެ ގުދަނުގެ އިންވެންޓްރީ ބެލެހެއްޓުމާއ ގުދަނުގައި ހުރި ތަކެތި ހަލާކުވިޔަނުދީ ބެލެހެއްޓުން.
- ކޮންމެ 6 މަހަކުން އެއްފަހަރު ގުދަން ސާފުކޮށް، ބާވެ ހަލާކުވާ ތަކެތި ސްޕަވައިޒަރާ ގުޅައިގެން އެތަކެއްޗާމެދު ޢަމަލުކުރާނެގޮތް ނިންމުން.
|
|
ނޯޓް:
- މި މަގާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
|
- ސުންގަޑި: 2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|