މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2024/5
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި:
28 ފެބުރުވަރީ 2024 00:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ މިސްކިއްތަކުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު : (IUL)370-ESMS SC/370/2024/5 |
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
ފ.ފީއަލީ މިސްކިއްތަކުގެ މަރާމާތު މަސައްކަތް
- ފ.ފީއަލީ މިސްކިއްތަކުގެ ކުރަންހުރި މަރަމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)370-ESMS SC/370/2024/3 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ވެފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބްރުއަރީ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ޚާއްޞަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި އިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. މުއްދަތުގެ ފަހުން ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. އަދި މެއިލް މެދުވެރިކޮށް ލިބޭ ފޯމްތައް ބަލައިގަތުމުގައި ބެލޭނީ މި އިދާރާއަށް ފޯމް ލިބިފައިވާ ގަޑިއަށެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރުމަށް 7666594 ގުޅުމަށް ނުވަތަ އީމެއިލް ކުރައްވާނީ 25 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] ށެވެ.
- ބިޑް ހުޅުވުން އޮންނާނީ 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.
ފޯން: 6740012، 7666594
އީމެއިލް: [email protected]
ކޮޕީ: [email protected]
1445 H 9
19 ފެބްރުއަރީ 2024
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ނާއިބް ރައީސް
19 ފެބުރުވަރީ 2024