ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)350-SA/350/2024/09
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:43
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން، 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި، އދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުން
- 2023 ވަނަ އަހަރުގެ މާލީ ރިޕޯޓު ހުށަހެޅުން
- 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ބަޖެޓު ހިއްސާ ކުރުން
2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު އެޓޭޗްކޮށްފައިއެވަނީއެވެ.
ވީމާ، މިބައްދަލުވުމަށް މަހިބަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
19 ފެބުރުވަރީ 2024