ބީލަން
ނަންބަރު: (IUL)GS-56-D/GS-56/2024/7
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
27 ފެބުރުވަރީ 2024 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލްގެ ހޯލް އިމާރާތުގެ ސީލިންގ ބަދަލުކުރުމާއި ކަރަންޓް ވަޔަރިންގ މަރާމާތު ކުރުން.
- ތުޅާދޫ ސްކޫލްގެ ހޯލް އިމާރާތުގެ ސީލިންގ ބަދަލުކުރުމާއި ކަރަންޓް ވަޔަރިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް, ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ފެބުރުވަރީ 2024 ން 25 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/7NwUPXHhCRmdL8H1A
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 11:00 ގައި ތުޅާދޫސްކޫލްގެ މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ، ދިވެހިރާއްޖެ.
ފޯން: 6600136 / 9739868
އީ-މެއިލް: [email protected]
09 ސަޢުބާން 1445
19 ފެބުރުވަރީ 2024