ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/52
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 21 އޭޕްރިލް 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެޗް.އާރ ކޮންސަލްޓަންޓް

އެޗް.އާރ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ހިއުމަން ކެޕިޓަލް ތަރައްޤީކޮށް ކުރިއެރުވުމަށް، މެނޭޖްމަންޓަށް ލަފާދީ މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 15:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 17:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/20،000 ރުފިޔާ

ފެންވަރު/ޝަރުޠު

ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  • އެން.ސީ.އައި.ޓީގެ ދިގު މުއްދަތުގެ ހިއުމަން ރިސޯސް ޑެވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގައި އިސްވެރިންނަށް ލަފާދިނުން.
  • އެން.ސީ.އައި.ޓީގެ މުވައްޒަފުންނާ ގުޅިގެން ހުރި ކަންތައްތަކުގެ އޯޑިޓްއެއް ހެދުމަށްފަހު، އެން.ސީ.އައި.ޓީގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް، އިސްވެރިންގެ ލަފާފުޅުގެ މަތިން އައު ސްޓްރަކްޗަރ އެކުލަވާލުމަށް މަސައްކަތްކުރުން
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
  • ހިއުމަން ރިސޯސް ޕޮލިސީތަކާއި، ޕްރޮސީޖަރތައް އިސްވެރިންގެ ލަފަޔާ އެއްގޮތަށް އެކުލަވާލުން
  • ހަރުދަނާކަމާއެކު މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ހެޗް.އާރ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުން. އަދި ހެޗް.އާރ ޔުނިޓް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އޮމާންކަމާއެކު ގެންދިއުމަން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (960)4000 334 މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334(960)، ފެކްސް ނަންބަރު: 4004 334(960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015